ނަޝީދުގެ ރައްދު: ރަށްރަށުން ނުލިބެނީ ރަލާއި އޫރުމަސް އެކަންޏެއް ނޫން، އެ ހުއްދަކުރާކަށް ނުޖެހޭ

މިހާރު

23 ޑިސެމްބަރު 2025 | އަންގާރަ | 9:02

ރިސޯޓުތަކެކޭ އެއްގޮތަށް "ޓޫރިސްޓުންނަށް ދޭ ހިދުމަތްތައް، ވިއްކާ ތަކެތި" މީހުން ދިރިއުޅޭ ރަށްރަށުގެ ހޮޓާތަކުން ސަރުކާރުން ވިއްކުން މަނާކޮށްފައި އޮންނަ އޮތުމަކީ ބޭއިންސާފެއް ކަމަށް ވިދާޅުވި މައްސަލަ ހޫނުވެ، ފާޑުކިޔުން އަމާޒުވުމުން އެ މަނިކުފާނު މިއަދު ރައްދު ދެއްވައިފި އެވެ.

މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފުތިތާހު ކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގެ ބޮޑެތި ހޮޓާތަކުގައި އެ ތަކެތި ނުވިއްކޭ މައްސަލައަަކީ އެ "ހަމަހަމަކަން ގެނައުމަށް އަޅުގަނޑުމެން ވިސްނަން ޖެހޭނެ" ކަމެއް ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ނުދޭނެ ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެފައި ވަނިކޮށް، ނަޝީދު ވެސް "އެކްސް"ގައި ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ހުއްދަ ކުރަން ނުޖެހޭ ކަމަށެވެ.

މައުޟޫޢުތަށް