"އެވެންޖާސް: ޑޫމްސް ޑޭ"ގެ ޓީޒާއެއް އާންމުކޮށްފި
މިހާރު
24 ޑިސެމްބަރު 2025 | ބުދަ | 11:02
މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ)ގެ ކުރިއަށް އޮތް ފިލްމު "އެވެންޖާސް: ޑޫމްސް ޑޭ"ގެ ޓީޒާއެއް އިއްޔެ އާންމުކޮށްފި އެވެ.
އެ ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާންކޮށް އާންމުކުރި މިނެޓަކާއި 21 ސިކުންތުގެ ޓްރެއިލާގައި ފެންނާނީ އެމްސީޔޫގެ ފުރަތަމަ ކެޕްޓަން އެމެރިކާގެ ރޯލު ކުޅުނު އެމެރިކާގެ އެކްޓަރު ކްރިސް އެވަންސް އެވެ.
މިއީ 2019 ވަނަ އަހަރު ގެނެސްދިން "އެވެޖާންސް: އެންޑްގޭމް"އަށް ފަހު އެވަންސް އެމްސީޔޫއަށް އެނބުރި އަންނަ ފިލްމެވެ.