މީޑިއާތައް ހުއްޓުވުމުގެ ބާރު ލިބޭ ގާނޫނު އިޒްރޭލުން ދެ އަހަރަށް ދިގު ދަންމާލައިފި

މިހާރު

24 ޑިސެމްބަރު 2025 | ބުދަ | 6:10

އިޒްރޭލުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ޚަބަރު ފަތުރާ ކަމަށް އިޒްރޭލަށް ގަބޫލުކުރެވޭ ބޭރުގެ މީޑިއާތައް މަނާކުރުމުގެ ބާރު ލިބޭ ގޮތަށް ހަދާފައިވާ ގާނޫނު އިތުރު ދެ އަހަރަށް ދަމަހައްޓަން ނިންމައިފި އެވެ.

މިއީ ޣައްޒާއަށް އެންމެ ވަރުގަދައަށް ހަމަލާ ދެމުން ދިޔައިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ގަތަރުގެ އަލްޖަޒީރާއަށް އަމާޒުކޮށްގެން އިޒްރޭލުން ހެދި ގާނޫނެކެވެ. އިޒްރޭލުން ބުނާ ގޮތުގައި އަލްޖަޒީރާ އަކީ ހަމާސްއަށް އެހީވެ ހިތްވަރު ލިބޭ ގޮތަށް މަސައްކަތްކުރާ މީޑިއާއެކެވެ.

މި ގާނޫނު އެންމެ ފުރަތަމަ ހެދީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަށް ފަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި އެކަނި އަމަލުކުރެވޭ ގޮތަށެވެ. އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް، ނެސެޓުން މި މަހުގެ ފުރަތަމަ ދުވަހު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފަ އެވެ.

މައުޟޫޢުތަށް