ބަލިމީހުން، އެހީތެރިއަކު ނެތި ހޮސްޕިޓަލަށް ދޫކޮށްލާ މައްސަލަ ބަލަން ހުށަހަޅައިފި
މިހާރު
24 ޑިސެމްބަރު 2025 | ބުދަ | 12:33
ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި އެޑްމިޓްކުރާ ބައެއް މީހުންނަށް އެހީތެރިވާނެ މީހަކު ނެތި، "ދޫކޮށްލާފައި ބައިިތިއްބާތީ" ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމަށް ވިދާޅުވެ، ކަމާ ބެހޭ މުއައްސަސާތަކުގެ ވެރިންނާ މަޖިލީހުން ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ ހޮސްޕިޓަލްތަކާއި ސިއްހީފަރުވާދޭ މަރުކަޒުތަކަށް ގެންދާ ދިވެހި އަދި ބިދޭސީ ބައެއް ބަލިމީހުންނަށް އެހީތެރިވާން ނުވަތަ ބަލަހައްޓަން ބެލެނިވެރިއަކު ނުހުންނަ ކަމަށެވެ. އެގޮތަށް ބަލަހައްޓާނެ މީހަކު ނުހުންނަ މީހުންނަށް ނަރުހުންނާއި ވޯޑް އެޓެންޑެންޓުން އެހީތެރިވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޑޫ ވިދާޅުވީ އެގޮތަށް ބެލެނިވެރިއަކު ނެތި ތިބޭ ބައެއް ބަލި މީހުންނަކީ ފާހާނާއަށް ވެސް އެކަނި ނުދެވޭ ހާލަތުގައި ތިބޭ މީހުން ކަމަށެވެ.