ގާޑިއޯލާ ކަންބޮޑުވަނީ ޗުއްޓީން އަންނައިރު ކުޅުންތެރިންގެ ބަރުދަން އިތުރުވެދޭނެތީ!

މިހާރު

24 ޑިސެމްބަރު 2025 | ބުދަ | 11:11

ހަތަރު ދުވަހުގެ ޗުއްޓީން އަންނައިރު ކުޅުންތެރިންގެ ބަރުދަން އިތުރުވެދާނެތީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކަންބޮޑުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސްޓްހޭމް ޔުނައިޓެޑްގެ މައްޗަށް 3-0 ން މޮޅުވި މެޗަށް ފަހު ގާޑިއޯލާ ވަނީ އޭނާގެ ކުޅުންތެރިންނަށް ހަތަރު ދުވަހުގެ ޗުއްޓީއެއް ދީފަ އެވެ.

ކުޅުންތެރިން ޓީމުގެ ޕްރެކްޓިހަށް އަލުން ރިޕޯޓްކުރަން ޖެހޭނީ މާދަމާ އެވެ. ޗުއްޓީ ދިނުމުގެ ކުރިން ސިޓީން ވަނީ ކުޅުންތެރިންގެ ބަރުދަން ބަލައިފަ އެވެ. އަދި ކުޅުންތެރިންނަށް ގާޑިއޯލާ އިރުޝާދު ދިނީ ކެއުން ކޮންޓްރޯލް ކޮށްގެން އުޅުމަށެވެ.

މައުޟޫޢުތަށް