ދިރާގު ގޭމާސް ގިލްޑަށް ސައިންއަޕް ކޮށްގެން އައިފޯން 17 ޕްރޯ މެކްސްއެއް

މިހާރު

24 ޑިސެމްބަރު 2025 | ބުދަ | 11:56

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އިން އައިފޯން 17 ޕްރޯ މެކްސް ލިބޭ ޕްރޮމޯޝަނެއް އިއުލާންކޮށްފި އެވެ.

އެއީ ޑީޖީޖީއަށް ސައިންއަޕް ކޮށްގެން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ފެބްރުއަރީ މަހުގެ ނިޔަލަށް ޑީޖީޖީއަށް ސައިންއަޕް ކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ.

ޑީޖީޖީ އަކީ ދިރާގުން ގޭމަރުންނަށް ހާއްސަކޮށް ނެރެފައިވާ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް ގޭމަރުން ތަފާތު އެކި މުބާރާތްތައް ބާއްވައި އަދި އަގުހުރި އިނާމުތައް ދަނީ ދެމުންނެވެ. އެއީ ދިވެހި ގޭމަރުން ބާރުވެރިކޮށް، ގޭމިން ހުނަރު ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން ތައާރަފް ކޮށްފައިވާ ޕްލެޓްފޯމެކެވެ.

މައުޟޫޢުތަށް