ރައީސް ފާޅުކުރެއްވީ އެއާސްޓްރިޕް އަޅައިގެން ކުދި މަތިންދާބޯޓު ޖެއްސުމުގެ ހިޔާލެއް
މިހާރު
24 ޑިސެމްބަރު 2025 | ބުދަ | 1:08
ގިނަ ޑޮމެސްޓިކް އެއާޕޯޓުތަކެއް ހެދުމުގެ ބަދަލުގައި ވައިގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރެވޭނެ އެހެން ގޮތްތަކާ މެދު ވާހަކަ ދައްކަން ރަނގަޅު ކަމަށާއި އޭގެ ބަދަލުގައި އެއާސްޓްރިޕް ތައް ހަދައިގެން ކުދި މަތިންދާބޯޓުތައް ޖެއްސުމަކީ ކުރެވިދާނެ ކަމެއް ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު ބޭއްވި ޔޫތު ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ޒުވާނަކު ހުށަހެޅި ހިޔާލަކަށް ދެއްވި ޖަވާބުގަ އެވެ. "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް"ގެ ނަމުގައި ރޭ ބޭއްވި އިވެންޓުގައި އެ ޒުވާނާ ބުނީ ރާއްޖޭގައި ގިނަ އަދަދެއްގެ އެއާޕޯޓު އެޅުމުގެ ބަދަލުގައި ސީޕްލޭން އޮޕަރޭޓް ކުރުން ފަދަ އެހެން ގޮތެއް ހޯދިދާނެ ކަމަށެވެ.
އެ ވާހަކަ އަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސީޕްލޭން ހިދުމަތް ދިނުމުގައި އޮތް އެއް ހުރަހަކީ ސީޕްލޭނަކީ ރޭގަނޑު އޮޮޕަރޭޓު ކުރެވޭނެ އުޅަނދަކަށް ނުވުން ކަމަށެވެ.