ނަޝީދާއި އިބޫ ބައްދަލުކުރައްވައިފި

މިހާރު

24 ޑިސެމްބަރު 2025 | ބުދަ | 1:00

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ބައްދަލުކުރައްވައިފި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް، އެމްޑީޕީގެ އެތެރޭގެ ހަރަކާތްތައް ގިނަ ވާން ފަށާފައިވާ މި ދުވަސްވަރާ ދިމާކޮށް އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ އެމްޑީޕީގެ އޮފީހުގަ އެވެ.

އިބޫ އާއި ނަޝީދު މި ބައްދަލުކުރެއްވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އެ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު ފުރަތަމަ ފަހަރަށެވެ.

މައުޟޫޢުތަށް