ނަޝީދާއި އިބޫ ތިއްބެވީ މާޒީ ހަނދާން ނައްތާލައި އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް!
މިހާރު
24 ޑިސެމްބަރު 2025 | ބުދަ | 2:21
ނަޝީދު ވިދާޅުވީ އިބޫއަކީ އެއްއިރަކު ވެސް އެމަނިކުފާނާއި ދުރު ބޭފުޅެއް ނޫން ކަމަށް. އެ ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އަބަދުވެސް ހިނގާ ކަމަށާއި އެކަމަކު އެއީ އަބަދަކު ދުރުގައި ތިއްބަވަން ޖެހޭ ސަބަބެއް ނޫން ކަމަށް.
އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރެއްވުމުގެ ބޭނުމުގައި، މާޒީގައި އެ ދެބޭފުޅުންގެ މެދުގައި ހިނގާފައިވާ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ދެއްވައިފި އެވެ.
ނަޝީދާއި އިބޫ އެކުގައި މި ފެނުނީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު ފުރަތަމަ ފަހަރަށެވެ. ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ނަޝީދާއި އިބޫ ވާދަކުރެއްވުމަށް ފަހު، ބޮޑެތި ތުހުމަތުތަކަކާ އެކު ނަޝީދު ޕާޓީއާ ފެއަށް ޖެހިވަޑައިގެން ސަޕޯޓަރުންނާ އެކު ޑިމޮކްރެޓްސް އުފައްދަވައި ސިޔާސީ ހަރަކާތް ކުރިއަށް ގެންދެވީ ވަކިންނެވެ. ޕާޓީގައި އުފެދުނު ބައިބައިވުންތަކަށް ފަހު އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ވަނީ ގެއްލިފަ އެވެ.