އަލިމަގު އޮޕަރޭޝަނުން 190 މީހުން ހައްޔަރުކޮށް، 34 މީހެއްގެ މައްސަލަ ޕީޖީއަށް

މިހާރު

24 ޑިސެމްބަރު 2025 | ބުދަ | 3:14

ޑްރަގް ވިޔަފާރިއާ ދެކޮޅަށް ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން މިހާތަނަށް 190 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 34 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބޭއްވި ނިއުސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ފާތިހު ވިދާޅުވީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިދިޔަ މަހުގެ 13 ވަނަ ދުވަހު ފެށި އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށެވެ.

އޮޕަރޭޝަން އަލިމަގުގެ ތެރެއިން އިތުރު ޑްރަގް އޮޕަރޭޝަނެއް އިއްޔެ ފެށިއިރު، އޭގެ ތެރެއިން ހަތް ތަނެއް ފާސްކޮށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ހަ ފިރިހެނުންނާއި ތިން އަންހެނުންނެވެ. އެ ތަންތަނުން ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް