ޔާމީންގެ ހިއްސާ ބޭނުން، އެކުގައި މަސައްކަތް ކުރެވޭނެ: އިބޫ / ނަޝީދު

މިހާރު

24 ޑިސެމްބަރު 2025 | ބުދަ | 3:47

މިވަގުތު ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިއްސާއާ އެކުގައި މަސައްކަތްކުރައްވަން ބޭނުންފުޅުވާ ކަމަށާއި އެ ހައްލު ހޯދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް ނަޝީދާއި އިބޫއާ ދެމެދު ހިނގި އަރައިރުންތަކަށް ފަހު ފުރަތަމަ ފަހަރަށް މިއަދު ބައްދަލުކުރެއްވުމާ އެކު، ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެ ދެބޭފުޅުން ޔާމީނާ ގުޅިވަޑައިގެން މަސައްކަތްޕުޅު ކުރައްވާނެތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލުކުރުމުގެ ކުރިން ވެސް އިބޫ ވަނީ ގައުމީ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރީގެ ރައީސުންނާ އެކު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް