ނޯތު ހާބަރުގެ "ޒޯން އޭ" ޖެޓީގައި އަޅާފައިހުރި އުޅަނދުތައް ޖެޓީ ނަންބަރު އެކަކަށް

މިހާރު

24 ޑިސެމްބަރު 2025 | ބުދަ | 3:59

މާލޭ ނޯތު ހާބަރުގެ "ޒޯން އޭ" އިން ހިދުމަތް ހޯދާ ކަނޑު އުޅަނދުފަހަރުތަކަށް ޖެޓީ ނަމްބަރު 1 (އެމްއެމްއޭ ކުރިމަތީގެ ސަރަހައްދު) ވަގުތީ ގޮތުން ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މި މަހުގެ 8 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާއިރު، އެ ސަރަހައްދުގައި އުޅަނދުތައް ބަނދަރު ކުރުމަށް ދޭތެރެދޭތެރެއިން އަންނަނީ ބަދަލުތައް ގެންނަމުންނެވެ.

އެމްޕީއެލް އިން މިއަދު ބުނީ، ވަގުތީ ގޮތުން ގެނައި ބަދަލަށް އަމަލުކުރާ މުއްދަތުގައި، ޖެޓީ ނަމްބަރު އެކެއްގެ ބޭނުން ހިފާ އެއްވެސް ކަނޑު އުޅަނދަކަށް ފީއެއް ނުނަގާނެ ކަމަށެވެ.

މައުޟޫޢުތަށް