ޑްރަގް އައްޑާގެ ގޮތުގައި ބޭނުންކުރަނީ 30 ތަން، ހަ މީހެއްގެ މައްޗަށް ދައުވާކޮށްފައިވޭ: ޕޮލިސް
މިހާރު
24 ޑިސެމްބަރު 2025 | ބުދަ | 4:32
ޑްރަގް އައްޑާގެ ގޮތުގައި މާލޭގައި މިހާރު ހިންގަމުން ދަނީ 30 ތަނެއް ކަމަށާއި ހަ ތަނެއްގެ ވެރި ފަރާތަށް ދައުވާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުން ބޭއްވި ނިއުސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ފާތިހު ވިދާޅުވީ ޑްރަގް އައްޑާގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަންތަން މިހާރު މަދުވެފައިވާ ކަމަށެވެ. މި އަހަރުގެ ތެރޭގައި ވެސް އެފަދަ 11 ތަނެއް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިދިޔަ އަހަރު ވިދާޅުވެފައި ވަނީ، ސަރުކާރުގެ އިމާރަތްތައް ހިމެނޭގޮތަށް މާލޭގެ 50 ތަނެއް ޑްރަގު އައްޑާގެ ގޮތުގައި ބޭނުންކުރާ ކަމަށެވެ.