އެމްއެޗްއޭގައި ހާގެން-ޑާޒް އައިސްކްރީމްގެ ޕްރޮމޯޝަނެއް
މިހާރު
24 ޑިސެމްބަރު 2025 | ބުދަ | 4:36
އެމްއެޗްއޭގައި ވިއްކާ ޕްރިމިއަމް އައިސްކްރީމް ބްރޭންޑެއް ކަމަށްވާ ހާގެން-ޑާޒްގެ އައިސްކްރީމްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަންގައި އެ ބްރޭންޑުގެ އައިސްކްރީމް ޓަބްތަކާއި އައިސް ކްރީމް ސްޓިކްތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އެގޮތުން 50ރ. އަށް ވިއްކަމުން ދިޔަ ފްލޭވާތަކުގެ އައިސްކްރީމް 20ރ. އަށް އަދި 45ރ. އަށް ވިއްކަމުން ދިޔަ އައިސްކްރީމް ސްޓިކް 20ރ. އަށް އަދި 150ރ. އަށް ވިއްކަމުން ދިޔަ ޓަބްތައް 75ރ. އަށް ލިބޭނެ އެވެ.
އެމްއެޗްއޭއިން ބުނީ ހާގެން-ޑާޒް ފަދަ ޕްރިމިއަމް ބްރޭންޑަކީ އާއްމުކޮށް އެހާ ހެޔޮ އަގުތަކެއްގައި ލިބެން ނުހުންނާނެ ބްރޭންޑެއް ކަމަށެވެ. އަދި އެއީ އެ ބްރޭންޑުގެ ގިނަ އަދަދެއްގެ ތަފާތު ފްލޭވާތައް އެމްއެޗްއޭގައި ހުރިއިރު، އެއީ އެ ބްރޭންޑުގެ އެކި ފްލޭވާތައް ތަޖުރިބާކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ބުންޏެވެ.