އިޒްރޭލު ސިފައިންނަށް ހަމަލާދިން ކަމުގެ ތުހުމަތަށް ޝަހީދުކޮށްލި ފަލަސްތީނު މީހެއްގެ ގެ ތަޅާލައިފި

މިހާރު

24 ޑިސެމްބަރު 2025 | ބުދަ | 6:00

މި އަހަރު ކުރީކޮޅު އިޒްރޭލު ސިފައިންގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ޝަހީދުކޮށްލި ފަލަސްތީނު މީހެއްގެ ގެ މިއަދު އިޒްރޭލުން ތަޅާލައިފި އެވެ.

ޖުލައި މަހުގެ 10 ވަނަ ދުވަހު، ގުދުސް ކައިރީގައި އޮންނަ ޝޮޕިން އޭރިއާއެއްގައި ދެ މީހަކު ވަޅިން ދިން ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ މީހެއް ކަމަށްވާ 22 އަހަރުގެ ޝަލެވް ޒުވުލޫނީ މަރާލައިފަ އެވެ. ހަމަ އެ ވަގުތު އިޒްރޭލު ސިފައިން ހަމަލާދީ ފަލަސްތީނުގެ ދެ ޒުވާނަކު ޝަހީދުކޮށްލި އެވެ.

އިޒްރޭލު ސިފައިންގެ ބުލްޑޯޒަރުތައް މިއަދު ވަނީ ހުޅަނގު އައްސޭރީގެ ބަޒާރިޔާ ވިލެޖަށް ވަދެ، ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ތެރެއިން އެކަކުގެ ގެ ތަޅާލައިފަ އެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވެސް ވަނީ މިކަން ކުރިކަން އިއުލާނުކޮށްފަ އެވެ.

މައުޟޫޢުތަށް