ނަޝީދާއި އިބޫގެ ބައްދަލުވުމާ އެކު ބޮޑެތި ބަދަލުތަކެއް ފެންނާނެ، ބޮޑު ލުޔެއް ލިބިއްޖެ: ފައްޔާޒު

މިހާރު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 9:41

ސިޔާސީ ހިޔާލު ތަފާތުވުންތަކާ ހެދި ދެ އަހަރެއްހާ ދުވަސް ވަންދެން ދުރުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފުރަތަމަ ފަހަރަށް އިއްޔެ ބައްދަލުކުރައްވައި، ގުޅިގެން މަސައްކަތް ކުރައްވާނެކަން ހާމަކުރެއްވުމާ އެކު ދެން އޮތީ ސިޔާސީ ބޮޑެތި ބަދަލުވުންތަކެއްގެ ފެށުން ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އިބޫ އާއި ނަޝީދު އިއްޔެ އެމްޑީޕީގެ އޮފީހުގައި ބައްދަލުކުރެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އެ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު ފުރަތަމަ ފަހަރަށެވެ.

އެ ދެ ބޭފުޅުން އެއްގަލަކަށް އަރުވަން މިދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ފައްޔާޒު "މިހާރު" އަށް ވިދާޅުވީ، އިއްޔެ އަށް ފަހު ވަރަށް ބޮޑު ބަދަލެއް އެމްޑީޕީގެ ތެރެއިން ފެންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން ނޫނަސް އިސްލާހަށް ވަކާލާތުކުރާ ވަރަށް ގިނަ ބަޔަކަށް ވެސް އެއީ ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް