ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓުތައް ހުސްކުރަން އެޗްޑީސީން މުހުލަތެއް ދީފި!

މިހާރު

24 ޑިސެމްބަރު 2025 | ބުދަ | 11:11

ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން، ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށްދޭ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވަން ހަރުކަށި ފިޔަވަޅުތަކެއް އެޗްޑީސީން މިރޭ އިއުލާންކޮށް، ވަރުގަދަ އިންޒާރެއް ދީފި އެވެ.

ބޯހިޔާވަހިކަން އެންމެ ބޭނުން ވެފައިވާ މީހުންނަށް އެޗްޑީސީން ދޫކޮށްފައިވާ ފްލެޓުތަކުގައި އެ ތަންތަނުގެ ވެރިން ނޫޅެ، ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ މައްސަލަ ބޮޑުވެގެން އާންމުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެފައި ވަނިކޮށް، އެ ކުންފުނިން މިރޭ ކުރި އިއުލާނެއްގައި ބުނީ، އެފަދަ ގިނަ މައްސަލަތަކެއް އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެއީ ގަވާއިދާ ހިލާފަށް ކުރަމުންދާ ކަމެއް ކަން ފާހަގަކޮށް، ބިދޭސީންނަށް ކުއްޔަށް ދީފައިވާ ސޯޝަލް ހައުސިންގެ ފްލެޓުތައް އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ހުސްކުރަން އެންގުމަށް އެޗްޑީސީން ވަނީ އަންގައިފަ އެވެ.

މައުޟޫޢުތަށް