އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 3.9 ޕަސެންޓަށް: ވޯލްޑް ބޭންކް
މިހާރު
25 ޑިސެމްބަރު 2025 | ބުރާސްފަތި | 4:12
އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 3.9 ޕަސެންޓަށް ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
މިއަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ 4.2 ޕަސެންޓަށެވެ. އެހެންވެ، އަންނަ އަހަރަށް ލަފާކޮށްފައިވާ މިންވަރަކީ މި އަހަރާ އަޅާބަލާއިރު 0.3 ޕަސެންޓުގެ ދަށްވުމެކެވެ.
ވޯލްޑް ބޭންކްގެ އެންމެ ފަހުގެ އިގްތިސާދީ އަޕްޑޭޓުގައިވާ ގޮތުން ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރު ދަށްވާ އެންމެ ބޮޑު އެއް ސަބަބަކީ، ގިނަ ދާއިރާތައް ކުރިއަރާ މިންވަރު ދަށްވުމެވެ.