ސްކޫލް ޗުއްޓީގައި 7،700 އަށް ވުރެ ގިނަ މީހުން އުމްރާއަށް

މިހާރު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 1:23

މިއަދު ފެށި ސްކޫލްތަކުގެ އަހަރީ ޗުއްޓީއާ ދިމާކޮށް މި ޑިސެމްބަރުމަހާއި ޖެނުއަރީމަހު ރާއްޖެ އިން 7،700 އަށް ވުރެ ގިނަ ބަޔަކު އުމްރާގެ އަޅުކަމަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިސެމްބަރާއި ޖެނުއަރީ މަހުގެ ރާއްޖެއިން 7،726 މީހުން އުމްރާގެ އަޅުކަމަށް ފުރާނެ ކަމަށެވެ. އެ އުމްރާވެރިންގެ ތެރެއިން ފުރަތަމަ ގްރޫޕު މި ހަފުތާގައި ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މި މަހު އުމްރާއަށްދާ އުމްރާވެރިން ފުރުމުގެ ކުރިން އެ އިންތިޒާމުތައް ހަމަޖެއްސުމަށް އެ ކޯޕަރޭޝަނުގެ ޓީމެއް ވެސް މިހާރު ތިބީ މައްކާގަ އެވެ. އެ ކޯޕަރޭޝަނުގެ ހަވާލުގައި ފުރާ ފުރަތަމަ ޓީމު ފުރަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މައުޟޫޢުތަށް