ބްރުނޯ ނެތްތަނަށް އަމޮރިމް ނެރެނީ ފްލެޗާގެ ދަރިފުޅު

މިހާރު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 2:23

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ބްރުނޯ ފެނާންޑޭޒްގެ މަގާމު ފޫބެއްދުމަކީ ނުކުރެވޭނެ ކަމެއްކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

ޔުނައިޓެޑްގެ ކެޕްޓަން ބްރުނޯ އަށް އަނިޔާވީ އާދިއްތަ ދުވަހު އެސްޓަންވިލާ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ، އޭނާގެ ފަލަމަސްގަނޑުގެ އެތެރޭގެ ޓިޝޫތަކަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގައި ހުންނަންޖެހޭނީ ކިހާ ދުވަހަކުކަމެއް އަދި އެނގިފައެއް ނުވެ އެވެ.

އަމޮރިމް ބުނީ ބްރުނޯ ނެތް ތަނުގެ ޖާގައަކީ އެހެން ކުޅުންތެރިންނަށް ލިބޭނެ އިތުރު ފުރުސަތެއް ކަމަށެވެ.

މައުޟޫޢުތަށް