ބިދޭސީއަކު ދޫކޮށްލި ރޭ ޝަމްއާންގެ އަތަށް ފައިސާ ކޮތަޅެއް ދިން: ހެއްކެއް

މިހާރު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 6:58

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލި ރޭ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ފައިސާ ކޮތަޅެއް ގެންދިޔަ ކަމަށް އެ އިދާރާގެ ކުރީގެ މުވައްޒަފަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ ހޯދި ކަމަށް ބުނެ ޝަމްއާން ހައްޔަރުކޮށް، އޭނާގެ މައްޗަށް ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ އިތުރުން މަނީލޯންޑްރިންގެ ދައުވާ ކުރެ އެވެ.

ކޯޓުގައި މިއަދު ފުރަތަމަ ހެކިބަސް ދިނީ އެ މައްސަލާގައި ޝަމްއާނާ އެކު ހައްޔަރުކުރި އިމިގްރޭޝަންގެ ކުރީގެ އޮފިސަރެއް ކަމަށްވާ އަހުމަދު ލައްސާނެވެ.

މައުޟޫޢުތަށް