މުސާރައަށް ގެނައި ބަދަލާ ގުޅިގެން ޑާސާގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ރައީސަށް

މިހާރު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 3:09

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ މުވައްޒަފުންގެ މުސާރަ އުނިކޮށް، ޕަބްލިކް ސާވިސް ރޭންކު ދަށްކުރި ކަމަށް ބުނެ ހުރި ކަންބޮޑުވުންތަކާ އެކު އެތަނުގެ މުވައްޒަފުންގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ޑާސާގެ މުވައްޒަފުންގެ ފަރާތުން މިދިޔަ އާދިއްތަ ދުވަހު ރައީސަށް ހުށަހެޅި ޕެޓިޝަންގައި ބުނީ ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ މަހު އެކަކުން ފެށިގެން ގެނައި ބަދަލުތަކާ ގުޅިގެން، އެ ތަނުގެ މުވައްޒަފުންގެ މުސާރަ އުނިކޮށް، ޕަބްލިކް ސާވިސް ރޭންކު ދަށްކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައަށް އަދުލުވެރި ހައްލެއް ހޯދައިދޭން އެ ޕެޓިޝަންގައި އެދިފައިވެ އެވެ.

މައުޟޫޢުތަށް