އެހީދިނުމުގެ އުސޫލު: މީޑިއާ އަށް އަހަރެއް ވުމަކީ ޝަރުތެއް، މުވައްޒަފުންގެ އަދަދަށް ބަލާނެ

މިހާރު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 4:22

ރަޖިސްޓަރީ ކޮށްގެން ހިންގާތާ އަހަރު ދުވަސްވެފައިވާ ހުރިހާ މީޑިއާއަކަށް ވެސް އެހީ ދިނުން ހިމެނޭ ގޮތުން ބައެއް ބަދަލުތަކާ އެކު، މީޑިއާތަކަށް ދައުލަތުން ފައިސާގެ އެހީ ދިނުމުގެ އާ އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ދައުލަތުން މާލީ އޭހީދޭނެ އުސޫލު ފުރަތަމަ އެކުލަވައިލީ ޔޫތު މިނިސްޓްރީންނެވެ. އޭރު އެކުލަވައިލި އުސޫލުގައިވާ ގޮތުން އެހީ ދިނުމުގެ އެއް ޝަރުތަކީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ ތިން އަހަރު ވެފައި ވުމެވެ. ފައިސާ ދޭނެ އަދަދު ކަނޑައެޅުމުގައި މީޑިއާތަކުގެ މުވައްޒަރުންގެ އަދަދަށް ރިއާޔަތް ކުރުމެއް އެ އުސޫލުގައި ނެތެވެ.

އެ އުސޫލު އުވާލައި، މީޑިއާ ކޮމިޝަނާ ހަވާލުކޮށްގެން އެކުލަވާލައި މިއަދު ގެޒެޓްކުރި އުސޫލުގައިވާ ގޮތުން، އެހީ ދިނުމުގެ އެއް ޝަރުތަކީ ޖެނުއަރީ 2024 އިން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް ލިބިގެން މެދުނުކެނޑި ހިންގަމުން ގެންދިއުމެވެ.

މައުޟޫޢުތަށް