ޗައިނާއިން ރާއްޖެއަށް 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ސޮއިކޮށްފި

މިހާރު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 4:26

ޗައިނާއިން ރާއްޖެއަށް 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، 600 މިލިއަން ޔުއާން (1.3 ބިލިއަން ރުފިޔާ) ގެ އެހީގެ އެގްރިމެންޓުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ކޮން ޝިއަންހު ވަނީ ސޮއިކުރައްވައިފަ އެވެ.

އެ އެހީ ބޭނުންކުރަން ނިންމާފައިވަނީ ވިލިމާލޭގައި އިމާރަތްކުރަން ނިންމާފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލާއި މާލެ-ވިލިމާލެ މަގުތައް ހަދަން އަދި 50 ރަށެއްގެ ކައުންސިލް އިމާރާތް އަޅާށެވެ.

މައުޟޫޢުތަށް