ސަރުކާރުގެ ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތަކުގެ ރިޕޯޓެއް މިނިސްޓަރަށް!
މިހާރު
25 ޑިސެމްބަރު 2025 | ބުރާސްފަތި | 8:35
ސަރުކާރުގެ ސްކޮލަޝިޕްތަކުގައި ކިޔަވަން ބޭރު ގައުމުތަކަށް ގޮސް ތިބި ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑް ނުލިބޭ މައްސަލައިގެ ޝަކުވާ ލިބިފައި ނުވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފައިވީ ނަމަވެސް އެ ދަރިވަރުންނަށް ބޮޑެތި އަދި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރަށް މިއަދު ރިޕޯޓެއް ފޮނުއްވައިފި އެވެ.
ދަރިވަރުން އެކި ފަހަރު މަތިން ފޮނުވާފައިވާ މެސެޖުތަކުގެ ކޮޕީއާ އެކު، ހަޔާ އެޑިއުކޭޝަން މިނިސްޓަރަށް ކުޑޫ ފޮނުއްވި ރިޕޯޓުގައި ވިދާޅުވީ، އެ މިނިސްޓްރީން ދަރިވަރުންނަށް އިހުމާލުތައް ވެފައިވާ ކަމަށާއި ރިޕޯޓު އެކުލަވައިލީ އެކަން އެ މިނިސްޓްރީއަށާއި އާއްމުންނަށް ހާމަކޮށްދެއްވަން ކަމަށެވެ.
- ގިނަ އަދަދެއްގެ ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑް ނުލިބި ދެ މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތެއް ވެފައިވުން.