އެކަނިވެރި މައިންނާއި ބަފައިންނަށް މަހަކު 15،000ރ. އާ ހަަމައަށް އިނާޔަތް ދޭން ނިންމައިފި
މިހާރު
25 ޑިސެމްބަރު 2025 | ބުރާސްފަތި | 8:21
އާ އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން.
ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި ކުދިން ބަލަހައްޓާ މައިން/ބަފައިންނަށް ދައުލަތުންދޭ އިނާޔަތް، ހަތަރު ކުދިންނާ ހަމައަށް ކުއްޖަކަށް 3،000ރ. ގެ ރޭޓުން ދޭ ގޮތަށް އެންސްޕާގެ ގަވާއިދު ބަދަލުކޮށްފި އެވެ.
އެކަނި ކުދިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މީގެ ކުރިން އިނާޔަތުގެ ގޮތުގައި ދެމުން އައީ މަހެއްގެ މައްްޗަށް ކޮންމެ ކުއްޖަކަށް 1،000ރ. އެވެ. އަދި އެންމެ ގިނަވެގެން ދެމުން އައީ މަހެއްގެ މައްޗަށް 10،000ރ. އެވެ.