އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ރ. މީދޫގެ ބޮޑު ޓީމެއް ތުޅާދު އަށް
މިހާރު
25 ޑިސެމްބަރު 2025 | ބުރާސްފަތި | 10:23
މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ރ. މީދޫގެ ބޮޑު ޓީމެއް ބ. ތުޅާދު އަށް މިއަދު ހިނގައްޖެ އެވެ.
ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ، މީދޫ ކައުންސިލުން އިސްނަގައިގެން ކުރާ މި ދަތުރުގައި މީދޫގެ އެކި އުމުރުގެ 315 މީހުން ބައިވެރިވި ކަމަށެވެ. މިއީ، އާދިލް ވިދާޅުވި ގޮތުގައި ދެ ރަށުގެ ގާތް ގުޅުމުގެ އާ ފެށުމަކަށް ކުރާ ދަތުރެކެވެ.
ރަހުމަތްތެރިކަމުގެ މި ދަތުރުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނަކަށް، ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވަނީ ތުޅާދު އަށް ވަޑައިގެންފަ އެވެ. އަދި އެ ރަށަށް ޒިޔާރަތްކުރި މީހުންނަށް ރަށު ކައުންސިލުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.