މާޖިދުގެ ސީޕްލޭން ރެޕްލިކާއާ އެކު "އުދުހެނީ"

މިހާރު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 10:32

ބަލާ ބެލުމަށް އެއީ ހަމަ އުދުއްސާލަން ތައްޔާރުވެފައިވާ ސީޕްލޭނެކެވެ. ފެންމަތީގައި އޮތުމުގައި ވެސް ހަމަ އެއްވެސް ތަފާތެއް ނެތެވެ. އޭގައި އިންޖީނެއް ނެތްކަން ވެސް އެނގެނީ ވަރަށް ބޮޑަށް ބަލައި ދިރާސާ ކުރުމުންނެވެ.

ނ. އަތޮޅުގައި އޮންނަ ހައި-އެންޑް ރިސޯޓެއް ކަމަށްވާ ޝެވަލް ބްލޯންކް ރަންދެލީގައި މަސައްކަތްކުރާ އުމުރުން 43 އަހަރުގެ މުހައްމަދު މާޖިދު އުފެއްދި މި ރެޕްލިކާ [އަސްލާ އެއްގޮތް މޮޑެލް] އަކީ ހަމައެކަނި ދައްކާލަން ބާއްވާ ގޮތަށް ހަދާފައިވާ އެއްޗެއް ނޫނެވެ.

އޭނާ ބުނި ގޮތުގައި މިއީ އެ ރިސޯޓުގައި ޓޫރިސްޓުންނަށް ހިންގާ ހަރަކާތެއްގައި ދުއްވަން ތައްޔާރު ކޮށްފައިވާ އެއްޗެކެވެ. ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތަރުހީބު އޮހެމުންދާ މި ސީޕްލޭން ދުއްވާނީ ފީނަން ބޭނުންކުރާ ބެޓެރީ އުޅަނދެއް ކަމަށްވާ "ސީބޮބް" ބޭނުންކޮށްގެންނެވެ.

މައުޟޫޢުތަށް