ޓީސީން ބަދަލު ފެނިއްޖެ، ޔޫވީގެ ބަލިކޮށް ހަތަކަށް!
މިހާރު
25 ޑިސެމްބަރު 2025 | ބުރާސްފަތި | 10:33
ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފްގެ ކޯޗުކަމާ ހަވާލުވި ފަހުން ޓީސީން ފެންނަ ބަދަލަށް އިތުރު ބޮޅެއް މިއަދު އިތުރުކޮށް ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވިރު ކުޅުނު މެޗު ޓީސީން ކާމިޔާބު ކުރީ 3-1 ންނެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމުގެ ކުރިމަތިލުން ޔޫވީން ކާމިޔާބު ކުރީ 4-1 ންނެވެ.
ނަތީޖާ ބަދަލުކޮށްލައި ޓީސީން މެޗު ކާމިޔާބުކޮށް އެ ޓީމު ވަނީ ތާވަލުގެ ހަތްވަނަ އަށް ޖެހިލާފަ އެވެ. ކުރިން އެ ޓީމު އޮތީ ލީގުގެ އެންމެ ފުލުގައި، 10 ވަނައިގަ އެވެ. މިހާރު އެ ޓީމަށް ނުވަ ޕޮއިންޓް އެބައޮތެވެ.