އިންޑިއާގެ އެންމެ އަގުބޮޑު 10 ފިލްމުގެ ލިސްޓަށް "ދުރަންދަރު" އަރައިފި
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 7:35
އިންޑިއާގެ އެންމެ އަގުބޮޑު 10 ފިލްމުގެ ލިސްޓަށް ރަންވީރް ސިންގުގެ "ދުރަންދަރު" އަރައިފި އެވެ.
މި މަހު ފަހެއްގައި ރިލީޒްކުރި "ދުރަންދަރު"އަށް 20 ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 960.05 ކްރޯޑް ރުޕީސް ލިބިފަ އެވެ. އެއާ އެކު، އެ ފިލްމު ވަނީ އިންޑިއާގެ އެންމެ އަގުބޮޑު 10 ފިލްމުގެ ލިސްޓުގެ ނުވަ ވަނަ އަށް އަރައިފަ އެވެ.
އިންޑިއާގެ ބޮކްސް އޮފީހުގައި އެކަނި އެ ފިލްމަށް 700 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް މިހާތަނަށް ލިބިފައިވެ އެވެ.