ފަރެސްމާތޮޑާގެ ބިން ހިއްކުން އެމްޓީސީސީ އަށް، ފިޔޯރީގެ މަގު ހެދުން އާރުޑީސީއާ ހަވާލުކޮށްފި

މިހާރު

26 ޑިސެމްބަރު 2025 | ހުކުރު | 12:12

ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 142.6 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ 270 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ އެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ 18 ހެކްޓަރުގެ ބިން ހިއްކުމާއި 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓު ޖެހުން ކަމަށެވެ.

މީގެ އިތުރުން ގދ. ފިޔޯރީގެ މަގު ހެދުމުގެ މަޝްރޫއު ވެސް ސަރުކާރުން 71 މިލިއަން ރުފިޔާ އަށް އާރުޑީސީއާ މިއަދު ހަވާލުކުރި އެވެ.

މައުޟޫޢުތަށް