ވަޒީފާ އަށް ދަމުން ތިން އަހަރުން ޕީއެޗްޑީއެއް ނުހެދޭނެ: އެމްކިއުއޭ
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 1:13
ވަޒީފާ އަށް ދަމުން ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތައް ފުލްޓައިމްކޮށް ކުރިއަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އިއްޔެ ބުނެފި އެވެ،
ސަރުކާރުގެ ގެޒެޓްގައި އެމްކިއުއޭ އިން އާއްމުކުރި ދެންނެވުމެއްގައި ބުނީ، ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމަކީ 360 ކްރެޑިޓް ހަމަވާންޖެހޭ ޕްރޮގްރާމެއް ކަމަށާއި އެއީ ގިނަ އަދަދަދެއްގެ ދިރާސާތައް އެކުލެވޭ ޕްރޮގްރާމެއް ކަމަށެވެ. އެހެންވީމާ އެ ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް، ތިން އަހަރު ދުވަހުގެ ތެރޭގައި 3،600 ގަޑިއިރު ފުރިހަމަކުރަންޖެހޭ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
"...މި ޕްރޮގްރާމުގައި އެންމެ މަދުވެގެން ފުލްޓައިމްކޮށް 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި 3،600 ގަޑިއިރު ފުރިހަމަ ކުރަންޖެހޭއިރު، ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް މި ޕްރޮގްރާމުގައި ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ،" އެމްކިއުއޭގެ ދެންނެވުމުގައި ވެ އެވެ.