ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ރާއްޖެ އަށް ޑްރަގް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލައިގެންފި
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 12:18
މި ތަކެތި އެތެރެކުރަން އުޅުނު ފަރާތާ ގުޅޭ އެއްވެސް މައުލޫމާތެއް ކަމާ ބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރޭ
ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އަށް ކަނޑުމަގުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން މިރޭ އަތުލައިގެންފި އެވެ.
އެ އިދާރާ އިން ބުނީ، ޝައްކު ކުރެވިގެން އެ ފުޅިތައް ސްކޭންކޮށް، ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.