އިތުރު ފައިނަލެއް ރާއްޖެއަށް އަނެއްކާވެސް ނާކާމިޔާބު، ފަހަތުންއަރައި ކިރިގިސްތާނަށް ޗެމްޕިއަންކަން
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 1:04
ފަހަތުން އަރައި ރާއްޖެ ބަލިކޮށް، ކާވާ ކަޕްގެ އަންހެން މުބާރާތުގެ ޗެމްޕިއަންކަން ކިރިގިސްތާނުން ހޯދައިފި އެވ.
މިއީ ވިދިވިދިގެން ދެ އަހަރުގައި ކިރިގިސްތާނު އަތުން ފައިނަލުގައި ރާއްޖޭން އަމިއްލަ ފަސްގަނޑުގައި ބަލިވި ދެވަނަ ފަހަރެވެ. ސެޕްޓެމްބަރު 2024 ގައި ރާއްޖޭގައި ބޭއްވި އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕްގެ ފައިނަލުގައި ދިވެހި ޓީމު ކިރިގިސްތާނު އަތުން ބަލިވީ ފަސް ސެޓަށް ކުޅެ 3-2 ންނެވެ.
މިރޭ ކުޅުނު މެޗު ތަޖިކިސްތާނުން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.