ބަލައިފާސްކުރަން އުޅުމުން ފުލުހުންނަށް ހަމަލާދިން ބަޔަކު ހައްޔަރުކޮށްފި
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 12:37
މާލޭގެ ހަަތަރުއަނގޮޅި ކަންމައްޗެއްގައި ތިބި ބައެއްގެ އަަމަލުތައް ހުރި ގޮތުން، ބަލައި ފާސްކުރަން އުޅުމުން، ފުުލުހުންގެ ދައުރު އަދާކުރިޔަ ނުދޭން ހުރަސް އަަޅައި އިންޒާރުދީ، ފުލުހަކަށް ހަމަލާ ދިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ ވިދާޅުވި ގޮތުގައި، މާލޭ އިއްޒުއްދީން މަގާއި ގަނދަކޯޅި މަގު ގުޅޭ ކަންމަތީގައި މިދިޔަ އަންގާރަ ދުވަހު ތިބި ގުރޫޕެއްގެ ބަޔަކު ބަލައިފާސްކުރަން ފުލުހުން މަަސައްކަތްކުރީ، ފުލުހުން ފެނުމުން އެ މީހުން އުޅުނު ގޮތަށް ބަލައި، ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެންނެވެ.
އެކަމަށް ހުރަސް އަޅައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތަށް ހައްޔަރުކުރީ ފުވައްމުލައް، މިސްކިތްމަގު، ކެމީ، އަހުމަދު ރަޒީން، 22 އާއި ފުވައްމުލަކު، ފުނާޑު، ނަމަން، ނާފިއު އިބްރާހީމް، 30 އަދި ގދ. ވާދޫ، އިރާކުވިލާ، މުހައްމަދު ލުވޭޒް، 19 ކަމަށް ފުލުހުން ބުންޏެވެ.