"ބްރިޖަޓަން"ގެ ހަތަރުވަނަ ސީޒަންގެ ޓްރެއިލާ އާންމުކޮށްފި

މިހާރު

26 ޑިސެމްބަރު 2025 | ހުކުރު | 7:57

ނެޓްފްލިކްސްގެ ކާމިޔާބު އިނގިރޭސި ސީރީޒް "ބްރިޖަޓަން"ގެ ހަތަރު ވަނަ ސީޒަންގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.

ނެޓްފްލިކްސް އިން އާންމުކުރި ދެ މިނެޓާއި 33 ސިކުންތުގެ ޓްރެއިލާގައި ވަނީ އާ ސީޒަންގައި ފެންނާނެ ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ. އާ ސީޒަންގައި ލީޑް ރޯލުތައް ކުޅޭނީ ލޫކް ތޮމްޕްސަންގެ ބެނެޑިކްޓް ބްރިޖަޓަން ކެރެކްޓާ އާއި މި ސީރީޒަށް އަލަށް ތައާރަފުވާ ޔެރިން ހާގެ ސޯފީ ބެކްގެ ކެރެކްޓާ އެވެ.

"ބްރިޖަޓަން"ގެ ހަތަރުވަނަ ސީޒަން ގެނެސްދެނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ހަތަރު އެޕިސޯޑް ސްޓްރީމްކުރަން ފަށާނީ އަންނަ މަހު 29 އިން ފެށިގެންނެވެ. އަދި ފަހު ހަތަރު އެޕިސޯޑް ސްޓްރީމްކުރަން ފަށާނީ އަންނަ އަހަރު ފެބްރުއަރީ 26 އިން ފެށިގެންނެވެ.

މައުޟޫޢުތަށް