އެއްބައިވަންތަ ކަމަކީ ގައުމެއް ކުރިއަރައިދިއުމުގެ ބިންގާ: ރައީސް
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 12:43
އެއްބައިވަންތަ ކަމަކީ ގައުމެއް ކުރިއަރައި ދިއުމުގެ ބިންގާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެތައް ބައެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހުނު ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖޭގައި ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ނެރުއްވި ހިތޯބުގައި ވިދާޅުވީ ދިވެހީންގެ ގައުމީ ހަޔާތުން ފެންނަން އޮތް އެންމެ ރީތި އަދި އުންމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި ވެސް އިސްކުރާ އެއްބައިވަންތަކަން ކަމަށެވެ.
އުހުއްވަތްތެރި އަދި އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ބަދަހިކަމާއެކު ތިބެ، ގައުމު ސަލާމަތްކޮށް އަދި ގައުމަށް ހެޔޮގޮތް ހޯދައިދިނުމުގައި ދުނިޔެއަށް ނަމޫނާ ދައްކަމުން އަންނަތާ އެތައް ސަތޭކަ އަހަރެއް ވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.