މީޑިއާތަކުން މާލީ އެހީއަށް އެދެން މީޑިއާ ކޮމިޝަނުން ހުޅުވާލައިފި
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 2:38
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީއަށް އެދުމުގެ ފުރުސަތު ރޭ ހުޅުވާލައިފި އެވެ.
މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކުރި އިއުލާނުގައި ބުނީ، ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ނޫސްތަކާއި ބްރޯޑްކާސްޓިން ލައިސަންސް ލިބިފައިވާ ފަރާތްތައް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީއަށް އެދި އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.
އެކަމަށް އެދި ހުށަހަޅަން ޖެހޭނީ އޮންލައިން ޕޯޓަލް އިންނެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނީ 'ވަންގަވް'ގެ ތެރޭގައި ހަދާފައިވާ 'މީޑިއާ އެޕް' މެދުވެރިކޮށެވެ.