ކޯޓަށް ހާޒިރުކުރަން މަންޑޭ ނުފެނިގެން ހޯދަނީ!
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 6:10
މަންޑޭ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދޭން ޖެހެނީ އަމުރުގައިވާ ގޮތުން މާދަމާގެ މެންދުރު 2:00 އަށް. އެކަމަކު އަދިވެސް އޭނާ ނުފެނޭ.
ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް އެ މައްސަލާގައި ހުކުމް އިއްވުމުގެ ޝަރީއަތް ބާއްވަން މާދަމާ އަށް ކަނޑައަޅާފައިވާއިރު އޭނާ ނުފެނިގެން ފުލުހުން ހޯދަން ފަށައިފި އެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލާގެ އަޑުއެހުން ކެންސަލް ކުރަން މަންޑޭގެ ފަރާތުން ކޯޓުގައި އެދިފައިވާ ކަމަށެވެ. "މާތްﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން" މަންޑޭގެ ފަރާތުން އެދިފައިވާ ކަމަށާއި އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ނަދީމް އިއްޔެ ވިދާޅުވެފައި ވެ އެވެ.