ހުއްދަ ނެތި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫއެއް ހިންގުމުން މަންތާ އެއާ ޖޫރިމަނާކޮށްފި

މިހާރު

26 ޑިސެމްބަރު 2025 | ހުކުރު | 7:34

އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އާއާރުއޭ)ގެ ހުއްދަ ނެތި ރ. އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫއެއް ހިންގުމުން މަންތާ އެއާ 20،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އީއާރުއޭ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދާ ހިލާފަށް، އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތްތައް މާންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގައި ނުހިމެނޭ މަޝްރޫއުތަކުގެ ތެރެއިން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫއުތައް، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެ ގަވާއިދުގެ ދަށުން ސްކްރީންކޮށް، އެ އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އީއާރުއޭ އިން ބުންޏެވެ.

މައުޟޫޢުތަށް