އެކަނިވެރި މައިންނާއިބަފައިންގެ އިނާޔަތް 12،000ރ. އާ ހަަމައަށް
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 7:38
ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނިވެރި ކުދިން ބަލަހައްޓާ މައިން/ ބަފައިންނަށް ދައުލަތުންދޭ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު އެންމެ ގިނަވެގެން ލިބޭނީ 12،000ރ. ކަމަށް ކަނޑައަޅައި ގަވާއިދު މިއަދު އަލުން އިސްލާހުކޮށްފި އެވެ.
އެންސްޕާ އިން އެ އިސްލާހު މި ގެނައީ ހަތަރު ކުދިންނާ ހަމައަށް ކުއްޖަކަށް 3،000ރ. ދޭއިރު އެ އަށް ވުރެ އިތުރުވާ ނަމަ އިނާޔަތް ދޭނީ ކުއްޖަކަށް 1،000ރ. ގެ މަގުން ކަމަށް ކަނޑައަޅައި އެގޮތަށް ފައިސާ ދެވޭނެ އެންމެ މަތީ ސީލިންގަކީ 15،000ރ. ކަމަށް އިއްޔެ ގެޒެޓު ކުރުމަށް ފަހު އެވެ.
ނަމަވެސް ގަވާއިދު އަލުން އިސްލާހުކޮށް މިހާރު ވަނީ އެގޮތަށް ފައިސާ ދެވޭނެ އެންމެ މަތީ ސީލިންގަކީ 12،000ރ. ކަމަށް ބަދަލުކޮށް އަލުން މިއަދު ގެޒެޓު ކޮށްފަ އެވެ. އަދި އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000ރ. އެވެ.