ރައޫފާއި ޝުޖާއު އަދި ރާގިބު ހިމެނޭހެން ހައި ކޯޓަށް 19 ބޭފުޅަކު ކުރިމަތިލައްވައިފި
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 9:20
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރީގެ ގިނަ ފަނޑިޔާރުންތަކެއް ހިމެނޭހެން 19 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި މުއްދަތު ހަމަވިއިރު، އެ މަގާމަށް 19 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަން ވަނީ އެނގިފަ އެވެ.
އޭގެ ތެރޭގައި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.