ވިކްޓަރީން ފޯމުގައި ހިފަހައްޓަނީ، ލަޗްނީ އަށް ތިން މެޗުން ފަސް ލަނޑު!

މިހާރު

26 ޑިސެމްބަރު 2025 | ހުކުރު | 7:59

ދވެހި ޕްރިމިއާ ލީގެ ދެވަނަ ބުރުގައި ވިކްޓަރީއާ ގުޅުނު ފޯވާޑް މިލޯސް ލަޗްނީގެ ދެ ލަނޑާ އެކު ގްރީން ސްޓްރީޓްސް ބަލިކޮށް ވިކްޓަރީން ފޯމުގައި ދަހަމައްޓައިފި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ވިކްޓަރީ އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ލިބޭ ފުރުސަތުތައް ނިންމާނުލެވުމެވެ. އެ ޓީމަށް ގެނައި ބްރެޒިލްގެ ފޯވާޑް ވަލްޑަމީރް އެވަޓަންއާ އެކު ވެސް އެ ހައްލު ނުލިބުމުން ވިކްޓަރީން ގެނައީ ސްލޮވާކިއާގެ އުމުރުފުރާތަކުގެ ގައުމީ ޓީމަށް ވެސް ކުރިން ކުޅެފައިވާ ލަޗްނީ އެވެ.

ވިކްޓަރީގެ ކޯޗު ގާގެލީ ގެރީ ލަފާ ދީގެން ވިކްޓަރީން އުމުރުން 37 އަހަރުގެ ފޯވާޑް ލަޗްނީ ގެނައި އެ ކްލަބްގެ އޮފިޝަލަކު ބުނި ގޮތުގައި "ބޮކްސް ސްޓައިކަރެއް" ބޭނުންވާތީ އެވެ.

މައުޟޫޢުތަށް