ހިޔާ ޕާކުގައި ފޮތް ކިޔޭ ގޮތަށް "ރީޑިން ނުކް"އެއް ހަދައިފި
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 8:44
ހުޅުމާލެ ފޭސް 2 ހުންނަ ހިޔާ ޓަވަރުތަކުގެ މެދުގައި އޮންނަ ހިޔާ ޕާކުގައި ފޮތް ކިޔުމަށް ހާއްސަކޮށްގެން "ރީޑިން ނުކް" އެއް ހަދައި، އެތަން މިއަދު ހުޅުވައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ނުކްއަކީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ މީހުން އެ ސަރަހައްދުގައި ތިބެގެން ހިތްހަމަޖައްސާލައި، ފޮތް ކިޔޭނެ ގޮތް މަގުފަހިކުރުމަށް ހެދި ތަނެއް ކަމަށެވެ.
ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް އެކަށީގެންވާ ދިވެހި އަދި އިނގިރޭސި ފޮތްތައް އެތަނުން ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.