ޕީއެޗްޑީ ހޯދުމުގެ ބުރަކަމާ ހެދި އިބްރާ އަވަދިވެއްޖެ
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 10:13
އޯލެވެލް އާއި އޭލެވެލް ނިންމަވައި، ޑިގްރީއެއް ފުރިހަމަ ކުރައްވަން އިބްރާ ހަތަރު އަހަރު ނެންގެވި.
ރާއްޖޭގެ މީޑިއާގައި އިއްޔެ އެންމެ ބޮޑަށް ހިނގި އެއް ވާހަކައަކީ ވަޒީފާ އަށް ދަމުން ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތައް ފުލްޓައިމްކޮށް ކުރިއަށް ގެންދިއުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނުމުންނެވެ.
އެ އިދާރާ އިން ގެޒެޓުކުރި ދެންނެވުމާ އެކު، އެ ވާހަކަ ގަބޫލު ނުކުރާ މީހުންގެ ފާޑުކިޔުން އަމާޒުވިއިރު، އެއްބަޔަކު ތާއީދުކުރި އެވެ. އޭގެ ތެރެއިން ރާއްޖޭގެ ތައުލީމީ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއްފަރާތުގެ ގޮތުގައި މަޝްހޫރު އިބްރާހިމް އިސްމާއިލް (އިބްރާ) އޭނާ ތަޖުރިބާ ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި އެވެ.