އައްޑޫ މޭޔަރުގެ ޕީއެންސީގެ ޓިކެޓު ހޯދަން ހުށަހެޅުއްވި އަދީލް ނަން އަނބުރާ ގެންދަވައިފި
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 11:41
އަދީލްގެ ނިންމެވުމާ އެކު، އައްޑޫގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާނީ މުޝްރިފް.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ފަރާތުން އައްޑޫގެ މޭޔަރު ކަމަށް ކުރިމަތިލާން އެ ޕާޓީގެ ޓިކެޓު ހޯދަން ޕްރައިމަރީގައި ވާދަކުރަން ހުށަހެޅުއްވި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު އަދީލް ނަސީރު އޭނާގެ ނަން އަނބުރާ މިއަދު ގެންދަވައިފި އެވެ.
ޕީއެންސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަދީލް އަމިއްލަ އަށް ބޭނުންވެގެން އޭނާގެ ނަން މިއަދު ހަވީރު އަނބުރާ ގެންދަވާފައިވާ ކަމަށެވެ. ނަމަވެސް އަދީލްގެ ގާތް މީހުން ބުނި ގޮތުގައި، ޕްރައިމަރީގައި ކެމްޕެއިންތަކެއް ކުރެއްވުމަށް ފަހު، ނަން އަނބުރާ ނެންގެވީ ޕާޓީގެ ބައެއް އިސްވެރިންގެ އެދިވަޑައިގަތުމަކަށެވެ.