އީގަލްސް އަތުން އޮޑި ވީ ބަލި، މާޒިޔާއާ ފަރަގުކުޑަކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ
މިހާރު
27 ޑިސެމްބަރު 2025 | ހޮނިހިރު | 8:17
އީގަލްސް އަތުން ބަލިވެ މާޒިޔާއާ ފަރަގުކުޑަކުރަން ލިބުނު ފުރުސަތު އޮޑި ސްޕޯޓްސް އަށް ގެއްލިއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑިއާ ދެކޮޅަށް ކުޅުނު މެޗު އީގަލްސްއިން ކާމިޔާބު ކުރީ 2-0 ންނެވެ.
އޮޑިން މޮޅުވިނަމަ މާޒިޔާއާ ހަތަރު ޕޮއިންޓާ ކައިރިއަށް ޖެހިލެވުނީހެވެ. އޮޑިއާ މާޒިޔާއާ ދެމެދު މިހާރު ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އޮޑި ދެވަނައިގައި އޮތީ ތިންވަނަ އާއި ހަތަރުވަނައިގައި އޮތް ބުރު ސްޕޯޓްސް އާއި ނިއު ރޭޑިއަންޓްގެ މައްޗަށް އަށް ޕޮއިންޓްގެ ލީޑާކާ އެކު އެވެ،