ހަމަލާތައް ހުއްޓާލަން ތައިލެންޑާއި ކެމްބޯޑިއާ އަނެއްކާވެސް އެއްބަސްވެއްޖެ

މިހާރު

27 ޑިސެމްބަރު 2025 | ހޮނިހިރު | 10:58

ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ދެ ގައުމު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފި އެވެ.

ދެ ގައުމުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށް، އެތައް ބަޔަކު މަރުވި ފަހުން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގައި މިދިޔަ ޖުލައި މަހު ވެސް ސޮއިކުރި އެވެ.

ނަމަވެސް، އެ އެއްބަސްވުން މުގުރާލައި، މިދިޔަ ހަފުތާތަކުގައި ދެ ފަރާތުން ވަނީ އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.

މައުޟޫޢުތަށް