308 ކެންޑިޑޭޓުން ވާދަކުރާ ޕީއެންސީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ކުރިއަށް
މިހާރު
27 ޑިސެމްބަރު 2025 | ހޮނިހިރު | 10:31
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޓިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީއެންސީގެ ޕްރައިމަރީ ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގަ އެެވެ. އެ ވޯޓުލުން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
އެ ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 މީހުންނެވެ.