ކުއްޔަށް ހިފައިގެން އުޅޭ ތަނުގައި ބަނގުރާ ކައްކައި އޭގެ ވިޔަފާރި ކުރާ ދެ ބިދޭސީއަކު ހައްޔަރުކޮށްފި
މިހާރު
27 ޑިސެމްބަރު 2025 | ހޮނިހިރު | 4:01
މާލޭގައި ބަނގުރާ ކައްކައި ބޭނުންކޮށް، އޭގެ ވިޔަފާރިކުރަމުންދިޔަ ތަނެއް ބަލައިފާސްކޮށް ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އާ އަހަރާ ދިމާކޮށް އެ އިދާރާ އިން ކުރިއަށް ގެންދާ "ރިވެލި" އޮޕަރޭޝަނުގެ ދަށުން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގު އެންފޯސްމަންްޓުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކައްކާ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ ދެ މީހުން ކަމަށްވާ 22 އަހަރުގެ މޮހަންދާސް ރަޖެންދިރަން އާއި 41 އަހަރުގެ ބަލަސުބްރަމަނިޔަން ސެލަމް އެވެ.